ދިވެހިރާއްޖެ
1445 ވަނަ އަހަރު މިރަށުގެ 3 މިސްކިތުގައި ޙިފްޡުކޮށް ތަރާވީހު ނަމާދުކުރުމަށް ގެންނަ 3 ހާފިޒުންނަށް ކެއުމުގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 13 ފެބުރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ. އަންދާސީ ހިސާބު ބަލައިގަންނާނީ 20 ފެބުރުއަރީ 2024 ވާ އަންގާރަ ދުވަހު 13:30 ގައެވެ.
އަންދާސީ ހިސާބު ހުށައަޅަން ވާނީ، އެކަމަށް ތައްޔާރުކޮށް މިއިދާރާއިން ދޫކުރާ ފޯމްގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ވާނެއެވެ.
ހާފިޒުންނަށް ކެއުން ދޭންވީ ދުވަސްވަރާ އިރުވަރުތައް ތިރީގައި އެވަނީއެވެ.
ރަމަޟާން ނޫންދުވަސްތައް |
ރަމަޟާންމަހު |
ހެދުނުސައި |
ރޯދަވިއްލުން |
ނުވަގަޑި: |
މެދުދަމު |
މެންދުރުކެއުން |
ހާރުދަން |
ހަވީރުސައި |
|
ރޭގަޑު ކެއުން |
|