ބީލަން
ނަންބަރު: (IUL)245-ESD/245/2024/13
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 15 ފެބުރުވަރީ 2024 13:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ހުދާގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

     މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މަސްޖިދުލް ހުދާގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

     ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށްއެދި ކޯޓޭޝަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ. ކޯޓޭޝަން ހުށަހަޅުއްވަން ވަޑައިގަންނަވާނީ 15 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 13:30 އަށް މިއިދާރާގެ މީޓިންގ ރޫމަށެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހޮވުމުގައި، ހުށަހަޅާފައިވާ އަގާއި މަސައްކަތް ނިންމުމަށް ކަނޑައަޅާ މުއްދަތަށް ބެލޭނެއެވެ. ކޯޓޭޝަން ހުށަހަޅާއިރު އަމިއްލަ ފަރުދަކުނަމަ، އެމީހެއްގެ އައިޑީ ކާޑު ކޮޕީ ކޯޓޭޝަނާއިއެކު ހުށަހަޅަންވާނެއެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ހުށަހަޅާނަމަ، އެވިޔަފާރިއެއްގެ ރަޖިސްޓްރީ ކޮޕީ ކޯޓޭޝަނާއިއެކު ހުށަހަޅަން ވާނެއެވެ. މިމަސައްކަތުގެ ކޯޓޭޝަން ފޯމާއި ކުރެހުން މިއިދާރާގެ ވެބްސައިޓުން މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭނެއެވެ.

     އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6501014 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

12 ފެބުރުވަރީ 2024