ދިވެހިރާއްޖެ
މާލެ ޕޯޓްލިމިޓް އޭރިޔާގެ ކޮމާޝަލް ހާބަރުގެ ހުޅަނގުން ތިރީގައި މިދަންނަވާ ކޯޑިނޭޓް ތަކުގައި ދެ މޫރިންގ ބޮއި 07 ފެބްރުއަރީ 2024 ވަނަ ދުވަހުން ފެށިގެން ވަނީ ހަރުކޮށް ބޭނުންކުރަން ފަށާފައެވެ. މި މޫރިންގ ބޮއި ތަކުގައި ނިޝާން ތަކާއި އަދި ރޭގަނޑު ދުރަށް ފެންނާނެ ގޮތަށް އަލި ހަރުކޮށްފައިވާނެއެވެ. މި ދެ މޫރިންގ ބޮއި އަކީ މާލެ ޕޯޓް ލިމިޓް އޭރިޔާއަށް އަންނަ ޓަގުބޯޓުފަހަރާއި ބާޖުތައް ބޭނުންކުރުމަށް ހަރުކޮށްފައިވާ ބޮއިތަކެކެވެ. އެހެންކަމުން މި ބޮއިތައް ބޭނުން ކުރެވޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ހުއްދަދީފައިވާ އުޅަނދުފަހަރަށެވެ. އަދި މިނޫން އުޅަނދުފަހަރު މި ބޮއި ބޭނުންކުރުމަކީ މަނާކަމެއް ކަމުގައިވެސް ދެނެނެވީމެވެ.
މޫރިންގ ބޮއި 01: |
ހަރުކޮށްފައިވާ ޕޮޒިޝަން |
04° 10’ 45” 73° 30’ 11”
|
|
މޫރިންގ ބޮއި 02:
|
ހަރުކޮށްފައިވާ ޕޮޒިޝަން |
04° 10’ 44” 73° 30’ 10.9”
|
ވީމާ، މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.