ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަތަކެތީގައި މިކައުންސިލްގެ ރިސެޕްޝަނާއި ރޫމެއް ހެދުމުގެ މަސައްކަތް ކޮއްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 18ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއި އެކު ހިމަނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބުހުށަހަޅާ ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.