ވަޒީފާގެ ފުރުޞަތު
ނަންބަރު: GS209/IUL/2015/10
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި: 16 އޭޕްރިލް 2015 12:00
ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ސްޕޯޓްސް ސްޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ MSG)22-D/GS-209/2015/12) ނަންބަރުގެ މެސެޖާ ގުޅިގެން ސްޕޯޓްސް ސުޕަވައިޒަރަކު ހޯދުމަށް މި ސްކޫލުން ކުރި GS209/IUL/2015/07 ނަންބަރުގެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމް: ސްޕޯޓްސް ސްޕަވައިޒަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

އެހެނިހެން ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ވަޒީފާ އޮތް އޮފީސް: ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑެމިކް ސެކްޝަން،  ފިޔޯރީ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:           

- ސްކޫލުގެ ދަރިވަރުންގެ ޕީ.އީ ގަޑިތައް، ޓައިމްޓޭބަލާ އެއްގޮތަށް ނަގައިދިނުން.

- ކުރިއަށް އޮންނަ އަހަރަށް، ސްކޫލުގެ ކުޅިވަރު ކަލަންޑަރު، ސުކޫލުގެ ވެރިން އަންގާ މުއްދަތަކަށް، ވެރިންގެ ލަފާމަތިން ތައްޔާރުކުރުން.

- އިންޓަރ ހައުސްއާއި، އިންޓަރ ކްލާސް ކުޅިވަރު މުބާރާތްތައް، ސްކޫލުގެ ކުޅިވަރު ކަލަންޑަރާ އެއްގޮތަށް ރާވައި ހިންގުން.

- އިންޓަރ ސްކޫލް ކުޅިވަރު މުބާރަތްތަކަށް ކުދިން ފަރިތަކުރުވައި، އެ މުބާރަތްތަކަށް ކުދިން ހޮވުމާއި، މިފަދަ މުބާރާތްތައް ހިންގަމުންދާ ދުވަސްތަކުގައި ސްކޫލުން ކުރަންޖެހޭ ކަންތައްތައް، ވެރިންނާ މަޝްވަރާކޮށްގެން ދުވަހުން ދުވަހަށް ކުރުން.

- ކުޅިވަރު ޕްރެކްޓިސްތައް ޝެޑިއުލްކޮށް، ދަރިވަރުންނަށް ޕްރެކްޓިސް ދިނުމާއި، އެކުދިން ބެލެހެއްޓުން.

- ކުޅިވަރުގެ ކަންތައްތަކާ ބެހޭގޮތުން ބާއްވާ އެންމެހައި ބައްދަލުވުންތަކުގައި ސްކޫލުގެ ފަރާތުން ބައިވެރިވުން.

- ކުޅިވަރު ހަރަކަތްތަކަށް ބޭނުންވާ ތަކެތި ސޮޓޮކުން ނެގުމާއި، އެތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން.

- ކުޅިވަރާ ގުޅުވައިގެން ދަރިވަރުންގެ އަޚްލާޤީ ފެންވަރު ރަނގަޅުކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުން.

- ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ހޯދައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަޢުލީމް ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، ފިޔޯރީ ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ފިޔޯރީ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފިޔޯރީ ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.     

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ފިޔޯރީ ސްކޫލުގެ 7983086 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

                             18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015