ދިވެހިރާއްޖެ
އިޢުލާން
މުލަކަތޮޅު މުލަކު ކައުންސިލަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން
މި އިދާއިރާއިން ޤާނޫނީ ލަފާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: (SOP)364/2023/6 (20 ނޮވެންބަރު 2023) އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާހުގެ 5 ވަނަ ނަންބަރުގައިވާ ކްރައިޓީރިއާ އަށް ބަދަލުތަކެއް ގެންނަން ޖެހުމުގެ ސަބަބުން އެ އިޢުލާން ބާޠިލްކޮށް، މި މަސައްކަތަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ 21 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާނެއެވެ. މި މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރަށް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 19 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލްކޮށްގެން މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.
02 ޝަޢުބާން 1445
12 ފެބުރުވަރީ 2024