ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލްގެ ތިރީގައި މިދަންނަވާ މަސައްކަތު ޕާޓްޓައިމް ވަޒިފާއަށް މީހުން ނެގުމަށް ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު: 4
މުއްދަތު: 1 އަހަރު
މުސާރަ: މަހަކު -/2500 ރުފިޔާ ( މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ ޢިނާޔަތްތައް ލިބޭނޭ އެވެ.
ފެންވަރު ނުވަތަ ޝަރުޠު: (ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުން
(ށ) ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 2 ގަޑި އިރު މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
1- ރަށުގެ އިޖްތިމާޢީ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި ސަރަޙައްދުތައް ހިންމަފުށީ ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ ދަށުން ކުނިކަހާ ވިނަނޮޅާ ނެގޭކުނިތައް ބޭގްނުވަތަ ޑަސްބިނަށްއެޅުން.
2- ރަސްމީ ކޮންމެދުވަހަކު ކުނިކަހަންޖެހޭ ސަރަޙައްދުތައް ކުނިކެހުން. (އިލޮށިފަތިން ކަހަންޖެހޭ ކެހުމެއްނަމަ އިލޮށިފަތި ގެނައުމަކީ ވަޒީފާ ލިބުނުފަރާތުގެ ކަމެކެވެ.)
3- ގަބުރުސްތާނުގެ ބޭރު ވިނަނޮޅުމާއި ކުނިކަހާސާފުކޮށް ބެލެހެއްޓުން.
4- ކައުންސިލުން އަންގާ މުނިސިޕަލް މަސައްކަތް ތައްކުރުމާއި މުހިންމު މުނާސަބަތަކަށް ރަށުގެ ވަކިސަރަޙައްދެއް ކުނިކަހަންޖެހިއްޖެނަމަ ކުނިކެހުމާއި އެކަމެއްކައުންސިލުން އަންގާގޮތެއްގެމަތިންކުރުން.
5- ފެން އިސްކުރުބަރިއަށް ފެން ބަލާ އަންނަ ފަރާތްތަކަށް ކިއު ނަންބަރުދޫކޮށް ތަރުތީބުން އެފަރާތްތަކަށް ފެންދޫކުރުން.
6- ފެން ދޫކުރަމުންދާ ގަޑީގައި ދިމާވަމުންދާ އެންމެހާ ކަންތައްތައް ކައުންސިލާއި ގުޅިގެން ޙައްލުކުރުން.
7- ފެން އިސްކުރު ސަރަޙައްދު ހަފްތާއަކު 2 ފަހަރު ކުނިކަހާ ސާފުކުރުމާއި، ފެން އިސްކުރު މުށިތަކާއެކު އުނގުޅާ ދޮވުން.
8- މީގެއިތުރުންވެސް ކައުންސިލުން އަންގާގޮތެއްގެމަތިން މުނިސިޕަލް ސަރވިސް އާއި ގުޅޭ ކަންތައްތައްކުރުން.
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އައި ޑީ ކާޑުގެ ފޮޓޯ ކޮޕީއާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.
ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.