ނީލަން
ނަންބަރު: (IUL)14-A4/1/2024/22
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 21 ފެބުރުވަރީ 2024 11:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހަނިމާދޫ ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 01 ވޭން ނީލަމުގައި ވިއްކުމާބެހޭ

         މިއޮފީހުގެ ނަންބަރ (IUL)14-A4/1/2024/5 އަދި (IUL)14-A4/1/2024/10  އިއުލާނާ ގުޅިގެން ބޭއްވުނު ދެ ނީލަމުގައިވެސް  އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ، އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 21 ފެބުރުއަރީ 2024 ވާ ބުދަ ދުވަހު ހެނދުނު 11:00ގައި ހަނިމާދޫ ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

         ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

         ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

         ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތައް 21 ފެބުރުއަރީ 2024 ވާ ބުދަ ދުވަހު ހެނދުނު 11:00ގައި ހަނިމާދޫ ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2024