މަސައްކަތް
ނަންބަރު: GS52/IUL/2015/16
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި:
13 އޭޕްރިލް 2015 11:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސުކޫލުގެ ވޭން މަރާމާތުކުރުމަށް
ސުކޫލުގެ ވޭން (މިނީވޭން) މަރާމާތުކުރުމަށް ބޭނުންވެއްޖެ؛
މި ސުކޫލުގައި ބޭނުންކުރާ ވޭން (މިނީވޭން) މަރާމާތުކުރުމަށް ބޭނުންވެއެވެ. ވީމާ، މި ސުކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މިދެންނެވި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް މި ސުކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސުކޫލުގެ ނަންބަރު 6800012 އާ ގުޅުއްވުމަށް ދަންނަވަމެވެ.
06 އޭޕްރިލް 2015