ދިވެހިރާއްޖެ
މިސްކިތުގެ ބައެއްމަރާމާތު ކުރުން
ވ. ރަކީދޫ މިސްކިތް "މަސްޖިދުލްޣުފްރާން" ގެ ބައެއް މަރާމާތުތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ކަމާ ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި ޒޫމް ލިންކް މެދުވެރިކޮށެވެ. އީ މެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމް މެއިލްކުރާނީ 15 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން [email protected] އަށެވެ. މި އިޢުލާނާއި އެކު ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް، އަންދާސީ ހިސާބު ހުށަހަޅާ ފޯމް، އަގުހުށަހަޅާ ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
އަދި ދަންނަވަމެވެ. ކުންފުނި ލޯކަލްއިންވެސްޓްމަންޓް، ކުލަބު ޖަމުއިއްޔާ ނުވަތަ ކޯރޕަރޭޓިވް ސޮސައިޓީފަދަ ރަޖިސްޓްރީ ކޮށްގެން ހިންގާ ފަރާތްތަކާއި އަމިއްލަ ވަކިވަކި ފަރުދުންނަށްވެސް އަންދާސީ ހިސާބު ހުށަހެޅުއްވޭނެވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަމަށްއެދި ކުރިމަތިލައްވާ ފަރާތްތަކުން 19 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
02 ޝައުބާން 1445
12 ފެބުރުވަރީ 2024