ދިވެހިރާއްޖެ
އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 03-02 ބްލޮކް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކުންފުނިން ޓްރޭޑް ސެންޓަރގެ 03-02 ބްލޮކް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
މަސައްކަތް: މި ކުންފުނިން ދޭ ކުރެހުން އަދި ބީއޯކިއު އާ އެއްގޮތަށް ޓްރޭޑް ސެންޓަރުގެ 03-02 ބްލޮކް މަރާމާތު ކުރުމުގެ މަސައްކަތް ކުރުން
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 އެޕްރީލް 13 ވާ ދުވަހުގެ 14:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 އެޕްރީލް 13 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލްގެ ޒަރީޢާއިންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 އެޕްރީލް 14 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ޓްރޭޑް ސެންޓަރ (އޯކިޑް މަގު) ގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އެޕްރީލް 19 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާޔާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށްް 2015 އެޕްރީލް 23 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.
ބީލަންކަރުދާސް : ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 އެޕްރީލް 28 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.
މަޢުުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 3012402 ، 3344180
ފެކްސް: 3344633
[email protected]:އީމެއިލް