ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާބެހޭ
މިސެންޓަރުގެ 2015 ވަނައަހަރުގެ މޭ/ޖޫން އެޗް.އެސް.ސީ އަދި ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ އޯލެވެލް ފެންވަރު މީހުން ހޯދަން ބޭނުންވެއެވެ. އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުޖޫރައެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިިވަނީ އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަނަކަށް -/150 ރުފިޔާއެވެ. އިންވިޖިލޭޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.
- އުމުރުން 18 އަހަރުފުރިފައިވާ މީހަކަށްވުން.
- އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހަކު ކަމުގައިވުން
- އިންވިޖިލޭޓަރުންގެ އިޤުރާރުގައި ސޮއިކޮށްފައިވާ މީހަކު ކަމުގައިވުން
- އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
- އެމީހަކު އިންވިޖިލޭޓްކަންކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެއިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.
- އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ނުވުން
މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު / އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިހުންނަ މީހެއް
މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމު މިސެންޓަރުގެ ކައުންޓަރުންނާއި މިސެންޓަރުގެ ވެބްސައިޓް (www.chse.edu.mv) އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
18 ޖުމާދަލްއާޚިރާ 1436