ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2015/44
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި:
23 އޭޕްރިލް 2015 14:15
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
ހަނިމާދޫ، ފުވައްމުލަކު އަދި ކައްދޫ އެއަރޕޯޓަށް "55 ގެ 4 (ހަތަރެއް) ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:15 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:15 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
19 ޖުމާދަލްއާޚިރާ 1436
08 އޭޕްރިލް 2015