ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2024/11
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:14
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓެކްސީ ދަފްތަރު އެކުލަވާލުމާގުޅޭ
މި އިޢުލާންވަނީ 11 ފެބުރުވަރީ 2024 12:16 ގައި ބާތިލް ކުރެވިފައެވެ.
ހަފްތާ 14 ގެ މަގުޗާޓާއި އެއްގޮތައް ރާއްޖޭގައި ޓެކްސީ ދުއްވާ ފަރާތްތަކުގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވަޢުދެކެވެ. އެހެންކަމުން މި ވަޢުދުފުޅާއި އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް މި ވުޒާރާގެ ފަރާތުން އެކުލަވާލައި މި ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް މިހާރު އާންމުކޮށް ހުޅުވާލެވިފައިވާކަމުގައި ދެންނެވީމެވެ. ވީމާ މި ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން މިވުޒާރާގެ ސިމްސް ޕޯޓަލް މެދުވެރިކޮށް މިކަމަށް ހާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.
10 ފެބުރުވަރީ 2024