ދިވެހިރާއްޖެ
އިޢުލާން ނަންބަރ (IUL)MS-SAD/1/2024/22 :
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- މި ސްކޫލުގެ 2021/2023 ވަނަ އަހަރުގެ ޕުރައިޒް ޑޭ އަށް ބޭނުންވާ ޓްރޮފީ ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 08 ފެބްރުއަރީ 2024 އިން 14 ފެބްރުއަރީ 2024 އަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ލިންކް: https://formlimit.everestwebdeals.co/?form=b924a4594d9ea94dab10fed2365fb43c
- 4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5- މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
6- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 18 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.
7- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޖީދިއްޔާ ސްކޫލް
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3322457.3324691
އީ-މެއިލް: [email protected]