މަސައްކަތް
ނަންބަރު: (IUL)245-ESD/245/2024/12
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 13 ފެބުރުވަރީ 2024 13:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު މޫސާ ޢަލީގެ ފާޚާނާ ދޮރުތަކާއި މުންނާރު ދޮރުތައް އަދި ގޭޓް ލައިޓްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މަސްޖިދު މޫސާ ޢަލީގެ ފިރިހެނުންގެ ފާޚާނާތަކުގެ ދޮރުތަކާއި މުންނާރު ދޮރުތައް އަދި ގޭޓް ލައިޓްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށްއެދި ކޯޓޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ކޯޓޭޝަން ހުށަހަޅުއްވަން ވަޑައިގަންނަވާނީ 13 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާގެ މީޓިންގ ރޫމަށެވެ. މިކަމަށްއެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހޮވުމުގައި، ހުށަހަޅާފައިވާ އަގާއި މަސައްކަތް ނިންމުމަށް ކަނޑައަޅާ މުއްދަތަށް ބެލޭނެއެވެ. ކޯޓޭޝަން ހުށަހަޅާއިރު އަމިއްލަ ފަރުދަކުނަމަ، އެމީހެއްގެ އައިޑީ ކާޑު ކޮޕީ ކޯޓޭޝަނާއިއެކު ހުށަހަޅަންވާނެއެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ހުށަހަޅާނަމަ، އެވިޔަފާރިއެއްގެ ރަޖިސްޓްރީ ކޮޕީ ކޯޓޭޝަނާއިއެކު ހުށަހަޅަން ވާނެއެވެ. މިމަސައްކަތުގެ ކޯޓޭޝަން ފޯމާއި ކުރެހުން މިއިދާރާގެ ވެބްސައިޓުން މިއިޢުލާނާއެކު ޑައުންލޯޑް ކުރެވޭނެއެވެ.

  އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6501014 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

08 ފެބުރުވަރީ 2024