މަސައްކަތް
ނަންބަރު: ( IUL)472 /472/2024/10
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 15 ފެބުރުވަރީ 2024 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ އިމްތިޙާން ކުރާނެ އެގްޒަމިނަރުން ހޯދުން

        މި ވުޒާރާއަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ އިމްތިޙާން ކުރާނެ އެގްޒަމިނަރުން ހޯދުމަށް ބޭނުންވެއެވެ.

        ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 15 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ދަތުރުފަތުރާއި މަދަނީ އުދހުންތަކާ ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

      އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

08 ފެބުރުވަރީ 2024