ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)351/351/2024/7
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 15 ފެބުރުވަރީ 2024 00:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ މަސްޖިދުއް ޝިނާއު މިސްކިތުގައި ހަރުކުރުމަށް ބޭނުންވާ އޭސީ އަދި އެއަރ ކާރޓަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ. މަންދޫ މަސްޖިދުއް ޝިނާއު މިސްކިތުގައި ހަރުކުރުމަށް ބޭނުންވާ އޭސީ އަދި އެއަރ ކާރޓަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.gle/hhctU8Yzfso8q3Y18

 

ތަފްސީލް

ތާރީޙް

ގަޑި

ޕްރީ ބިޑް މީޓިންގ

13 ފެބްރުއަރީ 2024

10:00

ރަޖިސްޓަރ ވުމުގެ ސުންގަޑި

13 ފެބްރުއަރީ 2024

14:00

އަންދާސީ ހިސާބު ހުށައެޅުން

15 ފެބްރުއަރީ 2024

10:00

ތަން: އދ.މަންދޫ ކައުންސިލް އިދާރާ ޖަލްސާކުރާ މާލަމުގައި

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަދީގައި ގުޅުއްވާނީ 6680052 އަށެވެ.

 

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަށް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

08 ފެބުރުވަރީ 2024