ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-CA/399/2024/21
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 14 ފެބުރުވަރީ 2024 11:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތް ކުޅޭ ސަރަހައްދުގައި ގާޑިޔާ ހިންގާނެ ފަރާތެއް ހޯދުމަށް

ލ. އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތް ކުޅޭ ސަރަހައްދުގައި ގާޑިޔާ ހިންގާނެ ފަރާތެއް ހޯދުމަށް

        ލ. އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތް، 2024 ފެބްރުއަރީ 29 އިން މާރިޗު 03 އަށް ބޭއްވުމަށް ހަމަޖެހިފައިވާތީ، މުބާރާތް ބާއްވާ މުއްދަތުގައި ގަމު ތުނޑީ ފުޓްބޯޅަދަނޑު ސަރަހައްދުގައި ގާޑިޔާ ބެހެއްޓުމަށް ހުޅުވާލަމެވެ. މިފަހަރު މުބާރާތަށް ގާޑިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ 2 ފަރާތަކަށެވެ. ގާޑިޔާ ބެހެއްޓުމުގެ ހުއްދަދެވޭ 2 ފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް މުބާރާތް ކުރިޔަށް ދާމުއްދަތުގައި ތުނޑީ ފުޓްބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

            ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ފެބްރުއަރީ 14 ވާ ބުދަ ދުވަހު 11:00 އަށް ގަމު ކައުންސިލަށް ވަޑައިގެން އަގު ހުށަހަޅާ ފޯރމް އަދި ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ގާޑިޔާ ދޫކުރުމާއި ބެހޭ އުސޫލް އާއްމު ކުރީމެވެ.

08 ފެބުރުވަރީ 2024