ޢާންމު މަޢުލޫމާތު
ނަންބަރު: (A)EA-2015/77
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 15:11
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ކައުންސިލާއި ގދ.ވާދޫ ކައުންސިލުގެ ބައި-އިލެކްޝަން

ރ. އަނގޮޅިތީމު ކައުންސިލާއި ގދ. ވާދޫ ކައުންސިލްގެ ބައި-އިލެކްޝަން

2015  މެއި 23  ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރ. އަނގޮޅިތީމު ކައުންސިލާއި ގދ. ވާދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، މިއަދު (2015 އެޕްރީލް 07) ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓް (http://www.gazette.gov.mv) އިންނާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރ. އަނގޮޅިތީމު ކައުންސިލުންނާއި، ގދ. ވާދޫ ކައުންސިލް އިދާރާއިން ވެސް އާންމުކޮށް ފެންނަން ހުންނާނެއެވެ.

ގެޒެޓް ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2015 އެޕްރީލް 07 އިން 2015 އެޕްރީލް 16 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 3:00 އަށެވެ. ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ރ.އަނގޮޅިތީމު ކައުންސިލުންނާއި، ގދ.ވާދޫ ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015