މަސައްކަތް
ނަންބަރު: (IUL)417-CA/417/2024/19
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 12 ފެބުރުވަރީ 2024 13:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަވާދިއްތަ ދަތުރުގެ ދިވެހި ކެއުން ހެދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު

މިއިޢުލާން އާއި އެކު އާންމުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް 23 ފެބުރުވަރީ 2024 ވަނަ ދުވަހު އޮތް އިވެންޓަކަށް އަމިއްލަތަކެތީގައި ދިވެހި ކެއުމެއް އިންތިޒާމްކޮށް ހިންގައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 ފެބުރުވަރީ 2024 ގެ 13:30 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރައްވާ ބިޒްނަސް ޕްރޮފައިލްގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، ކޯޓޭޝަން ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި ކޯޓޭޝަން ހުށައެއްނޭޅޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ފެބުރުވަރީ 2024