ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)/380/2015/18
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި:
13 އޭޕްރިލް 2015 15:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: މަސައްކަތު
މަޤާމުގެ ރޭންކް: އެސް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
އޮފީސް / އިދާރާ: ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާ
ސެކްޝަން: ކޯޕަރޭޓިވް ސަރވިސް ސެކްޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ މިސްކިތު
މުސާރަ: 3100.00 ރުފިޔާ
ސަރވިސް އެލަވަންސް: 1000.00 ރުފިޔާ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން އެނގުމާއި، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ފަރުޟު ފަސްނަމާދުން ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތާއި، ފާޚާނާއާއި، އިސްކުރު ބަރިއާއި، ވަޅުދޮށް ސާފުކުރުމާއި، މިސްކިތް ތައްޔާރުކުރުން.
- ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވުމާއި، ފަރުޟު 5 ނަމާދާ ގުޅިގެން ވަޒީފާގެ މަސައްކަތް ކުރުމުގައި 1 ގަޑިއިރުގެ ވަގުތެއް ހޭދަކުރުން.
- ހުކުރު ނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދާއި، ކަށުނަމާދާއި، ތަރާވީޙް ނަމާދު ކުރުމުގެ ވަގުތު ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތް ފޮޅައި ސާފުކުރުމާއި، ޖަމާޢަތުގައި ނަމާދުކުރާ ވަގުތުގައި ފަންކާއާއި، ލައިޓުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުން.
- މިސްކިތަށް އަރާފަރާތްތަކަށް ދަތިނުވާފަދަ ގޮތަކަށް މިސްކިތުގައި ކުރެވޭ އަދި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
- މިސްކިތުގައި ދީނީ ނަޞޭޙަތް ދިނުންފަދަ މުހިއްމު ކަމެއް ކުރުމަށް ހަމަޖައްސަވައި އެންގުމުން، އެ ގަޑިއެއް ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތް ސާފުކޮށް ތައްޔާރުކުރުން.
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، މިސްކިތް ހަވާލުވެ ހުންނެވި ފަރާތަށް އެކަން އެންގުމާއި، އެފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން އެކަމެއް ޙައްލުކުރުމަށް މަސައްކަތް ކުރުން.
- މިސްކިތް ޒީނަތްތެރިކުރުމަށް ބޭނުންކުރާ ބަނޑިޔާތަކާއި، މިމްބަރު ފަދަ މުހިއްމު ތަކެއްޗަށް ގެއްލުމެއް ލިބިއްޖެނަމަ، ވީއެންމެ އަވަހަކަށް ކައުންސިލް އިދާރާއަށް އެކަން އެންގުމާއި، އެފަރާތުގެ މަޝްވަރާގެމަތިން އެކަމެއް ޙައްލުކުރުން.
- މިސްކިތާއި، ދިޔަދޮވި، ފާޚާނާ، ވުޟޫކުރާ އިސްކުރުބަރި، މުންނާރު ސާފުތާހިރުކަމުގައި ބެލެހެއްޓުމާއި، އެތަންތަނުގެ ފިކުސްޗަރ ފަދަ ތަކެތި ހަލާކުވުމުން، މިސްކިތާ ހަވާލުވެހުރި ފަރާތަށް އެކަން އެންގުމާއި، އެފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން އެކަމެއް ރަނގަޅުކުރުން.
- މިސްކިތުގެ ފަންކާތަކާއި، ކަބަޑުތަކާއި، ލައިޓްތަކާއި، ޚަތިމްފަދަ ތަކެތި، ކޮންމެ ދުވަހަކު ފޮހެ ސާފުކުރުން.
- މިސްކިތާއި، ފާޚާނާގެ ފަންކާ ހޮޅިބުރި ބޮކި ފަދަ ތަކެތި ހަލާކުވެއްޖެނަމަ، މިސްކިތާ ހަވާލުވެހުރި ފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ތަކެތިހޯދައި، އެކަމެއް ރަނގަޅު ކުރުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެ ކަމެއް، މިސްކިތާއި ހަވާލުވެހުރި ފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ރަނގަޅުކުރެވޭތޯ ބެލުން.
- މިސްކިތުގެ ވަޅުދިޔަހިއްކުމާއި، ސާފުތާހިރުކަންމަތީ ބެލެހެއްޓުމާއި، ފެންމޯޓަރާއި އިސްކުރުފަދަ އެއްޗަކަށް ގެއްލުމެއްވެއްޖެނަމަ، ލަސްނުކޮށް ކައުންސިލް އިދާރާއަށް ހުށަހަޅައިގެން އެކަމެއް ޙައްލުކުރުން.
- މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމާއި، ގަސްތަކަށް ފެންދީ ރީތިކޮށް ކޮށައި ބެލެހެއްޓުން.
- މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ ގުޅިފައިވާ މަގުތައް، މިސްކިތުގެ އިމުން ފެށިގެން މަގުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
- ކޮންޓްރެކްޓް އުސޫލުން ނުވަތަ އެހެންވެސް ގޮތަކުން މިސްކިތުގައި މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިގެން އެ މަސައްކަތްކުރަނިކޮށް، އެފަރާތަކުން ކުރާ މަސައްކަތުގެ ސަބަބުން އިތުރު ގެއްލުމެއް ލިބިއްޖެނަމަ، އެކަން ކައުންސިލް އިދާރާއަށް އެންގުން.
- ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަމަޖެހޭ އެންމެހައި ކަންކަން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރަން ފަށްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްތަދުތަކާއި އޮންނާނެ ތަން:
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 2015 އެޕްރީލް 15 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު ކުރުން އޮންނާނެ ގަޑި ފަހުން އަންގާނަމެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، ނިލަންދެއަތޮ ޅުދެކުނުބުރީ މާއެނބޫދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
|
އުޖޫރައާއި ޢިނާޔަތްތައް:
|
ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (މި ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760043 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760666 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.
|
12 ޖުމާދަލްއާޚިރާ 1436