ދިވެހިރާއްޖެ
މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ލިކުއިޑޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދެވޭ ދަޢުވަތު
ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ، މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުވާލުމަށް، ސަރުކާރާއި އަދި މި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ތިން ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ލިކުއިޑޭޓަރެއް އައްޔަން ކުރުމަށް ބޭނުންވެއެވެ.
ވީމާ، މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުވާލުމުގައި ލިކުއިޑޭޓަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް 20 އެޕްރީލް 2015ވާ ހޯމަ ދުވަހުގެ 10.00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ކޮންފަރެންސްރޫމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އެޕްރީލް 2015ގެ އޮފީސް ބަންދުވުމުގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. އަދި މި މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ވެބްސައިޓު http://www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ.