މަސައްކަތް
ނަންބަރު: 145-SP/2015/23
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 14 އޭޕްރިލް 2015 14:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
04 ފޮރުޅުލީ ވެހިކަލްތައް ސަރވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ކްރިމިނަލް ކޯޓުގައި ބޭނުންކުރާ 04 ފުރޮޅުލީ ވެހިކަލްތައް ސަރވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 05 ވަނަފަހަރަށް ކުރެވުނު ނަންބަރު SP/2015/15-ފ145 (11 މާރިޗު 2015) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، 04 ފުރޮޅުލީ ވެހިކަލްތައް ސަރވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 06 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 14 ވަނަ ދުވަހުގެ 14:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 16 ވަނަ ދުވަހުގެ 14:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

16 ޖުމާދަލްއާޚިރާ 1436

05 އޭޕްރިލް 2015