ދެންނެވުން
ނަންބަރު: (IUL)245-ESD/245/2024/9
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 15 ފެބުރުވަރީ 2024 20:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

      ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން، މި ހިނގާ ފެބުރުވަރީ މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވާ ބައްދަލުވުން މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި މިރަށު ކުޑަކުދިންގެ ޕާކްގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

       މި ބައްދަލުވުމުގައި ޙިއްޞާކުރެވޭ ކަންކަން ތިރީގައިއެވަނީއެވެ.

  • 2023 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް
  • 2023 ވަނަ އަހަރުގެ މާލީ ރިޕޯރޓް
  • 2024 ވަނަ އަހަރުގެ ބަޖެޓް
  • 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލް

        2023 ވަނަ އަހަރުގެ އަހަރީ ރިޕޯރޓާއި 2023 ވަނަ އަހަރުގެ މާލީ ރިޕޯރޓް، މި ކައުންސިލްގެ ވެބްސައިޓުން ފެންނަން ހުންނާނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  

        ވީމާ، ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު އުލިގަމުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

07 ފެބުރުވަރީ 2024