މަސައްކަތް
ނަންބަރު: (IUL)GS-30/GS-30/2024/06
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 14 ފެބުރުވަރީ 2024 14:00
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ގދ. އަތޮޅު މަދަރުސާގެ ކަރަންޓް ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ( ތިންވަނަ އިއުލާން )

(IUL)GS-30/GS-30/2024/06

ގދ. އަތޮޅު މަދަރުސާގެ ކަރަންޓް ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް  (ތިންވަނަ އިއުލާން )

 

ގދ. އަތޮޅު މަދަރުސާގެ ކަރަންޓް ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

*މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2024 ފެބްރުއަރީ 08 އިން 2024 ފެބްރުއަރީ 14ށް ، ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14.00މި މަދަރުސާއަށް ގުޅައިގެން ނުވަތަ މި މަދަރުސާގެ އީމެއިލްއަށް  [email protected] މަޢުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.

1- މަޢުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް :

2- ކުންފުނި /ފަރާތް ރަޖިސްޓްރީ ނަންބަރ:

3- އީމެއިލް އެޑްރެސް:

4- ގުޅޭނެ މޯބައިލް ނަންބަރު:

  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބްރުއަރީ 14 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2024 ފެބްރުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ  11:00 ގައި މަދަރުސާގެ އިދާރާގައެވެ.
  • ބިޑް ހުޅުވުން އޮންނާނީ 21 ފެބްރުއަރީ 2024  ވާ ބުދަ  ދުވަހުގެ 10:30 ގައި ގދ.އަތޮޅު މަދަރުސާ ގެ އިދާރާގައެވެ.
  • ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް މި މަދަރުސާގެ އިދާރާއިން ބީލަން ފޮތް އީމެއިލުގެ ޒަރީޢާއިން ފޮނުވައިދޭނެއެވެ.
  • ބީލަމުގައި ނަންނޯޓް ނުކުރާ ފަރާތް ތަކަށް ބީލަންހުށައެއް ނޭޅޭނެއެވެ. ނަމަވެސް ނަންނޯޓް ކުރުމަށް ފަހު މައުލޫމާތު ސެޝަން އަށް ހާޒިރު ނުވެވުނަސް ބީލަން ހުށަހެޅޭނެއެވެ.
  • އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ގދ.އަތޮޅު މަދަރުސާ

ގައްދޫ ، ދިވެހިރާއްޖެ.

ފޯން:  7983083

އީމެއިލް: [email protected]

07 ފެބްރުއަރީ

07 ފެބުރުވަރީ 2024