ދިވެހިރާއްޖެ
މަސްޖިދުލް ނަޞްރު މިސްކިތުގެ ވުޟޫ ކުރާ ފެން އިސްކުރުބަރި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުން |
ނ. ފޮއްދޫ މަސްޖިދުލްނަޞްރު މިސްކިތުގެ ވުޟޫ ކުރާ ފެން އިސްކުރުބަރި ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތީ ކައުންސިލް އިން ބައެއް ތަކެތި ދިނުމުން އިސްކުރުބަރި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް 6560016 ނުވަތަ 7619011 ނަންބަރ އަށް ގުޅާ ނަންނޯޓް ކުރެއްވުން އެދެމެވެ. ނުވަތަ ރަޖިސްޓްރީ ވުމަށް އެދި މެއިލް ކުރައްވާނީ [email protected] އަށެވެ. މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުން 18 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ 27 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.
27 ރަޖަބް 1445
07 ފެބްރުއަރީ 2024