މަސައްކަތް
ނަންބަރު: (IUL)289/289/2024/15
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 11 ފެބުރުވަރީ 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫ ހުކުރު މިސްކިތް ''މަސްޖިދުއް ފުރުޤާން'' ގެ ވޯކްވޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަމްބަރ : (IUL)289/289/2024/6 އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރުން :

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ހުކުރު މިސްކިތް ''މަސްޖިދުއްފުރުޤާން'' ގެ ވޯކްވޭ ހަދާ، ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ: (IUL)289/289/2024/6

( 23 ޖަނަވަރީ 2024) ގެ އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތައް ބޮޑު ކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިހިނގާ ފެބްރުއަރީ މަހުގެ 11 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 14 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން  ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީއެއް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

07 ފެބުރުވަރީ 2024