ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުމާ ގުޅޭ
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުން 2010/7 އިން ލާޒިމްކުރެއެވެ. އެހެންކަމުން މިކައުންސިލްގެ 04 ވަނަ ދައުރަށް އިންތިޚާބުކުރެވުނު ކައުންސިލާއެކު އެކުލަވާލެވުނު " ކައުންސިލަށް ލަފާދޭ ކޮމެޓީ " މިކައުންސިލްގެ އޖ/2022/04/55 ނަންބަރު ބައްދަލުވުމުން އެކޮމެޓީ އުވާލައި އައުކޮމެޓީއެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މިއިދާރާގެ ނަންބަރ: (IUL)399-CA/399/2023/140 ( 05 ނޮވެމްބަރ 2023) އިޢުލާނަށް އެކަށީގެންވާ ވަރަށް ކުރިމަތިލާފައިނުވާތީ މި ކައުންސިލްގެ ލަފާދޭ ކޮމެޓީ އަލުން އެކުލަވާލުމަށްޓަކައި ކޮމެޓީގެ މެމްބަރަކަށް ވުމަށް ޝައުޤުވެރިކަން ހުރި ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް މީހުން ހޯދުމަށް ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.
މެމްބަރުން ބޭނުންވާ ދާއިރާތަށް:
ޞިއްޙީ/ ތަޢުލީމީ/ ދަނޑުވެރިކަން/ ފަތުރުވެރިކަން/ މަސްވެރިކަން/ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ އެފަދަ ފަރާތެއް ތަމްސީލްކޮށްދޭ ފަރާތެއް/ އުމުރުން 55 އަހަރުންމަތީ މީހެއް / ވޭތުވެދިޔަ ދައުރުތަކުގައި ލ.އަތޮޅު ނުވަތަ ގަމު ކައުންސިލްގެ މެމްބަރެއް / އަންހެން ކަނބަލެއް
ވީމާ،މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުގެ ވަނަވަރާއި ކުރިމަތިލާ ދާއިރާ އެނގޭގޮތަށް 20ފެބްރުވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
07 ފެބްރުވަރީ 2023