ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2024/19
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 13 ފެބުރުވަރީ 2024 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޖިނިއަރ (ޅ.ނައިފަރު ބްރާންޗް)

ނަންބަރު:FNK/A/IUL/2024/19   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ޅ.ނައިފަރު ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

އިންޖިނިއަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް މެއިންޓެނެންސް އެންށް ޕަވަރ ޕްލާންޓް ޑިއުޓީ  

ޑިޕާޓްމަންޓް:

ޅ.ނައިފަރު ބްރާންޗް

މަސައްކަތް ކުރާތަން:

7600ރ. (ހަތްހާސް ހަސަތޭކަ ރުފިޔާ)

މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %40

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން  ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން

(ޅ) ގްރިޑް ޑިޒައިންކޮށް ތައްޔާރު ކުރުމާއި ޕަވަރ ޖެނެރޭޓަރ ޑިޒައިން ކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.

(ކ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

ފެންވަރު ނުވަތަ ޝަރުތު:

  • ބްރާންޗުތަކުގައި ކުރަންޖެހޭ މެއިންޓަނަންސް މަސައްކަތްތައް ކުރުމަށްޓަކައި  ޝެޑިއުލްއެއް ހެދުމަށްފަހު،  އެދުވަހަކު ކުރަންޖެހޭ މަސައްކަތްތައް، ޓެކްނިކަލް މެނޭޖަރާއި ގުޅިގެން މުވައްޒަފުންނަށް ޙަވާލުކުރުން.
  • މުވައްޒަފުންނާއި ޙަވާލުކުރެވިފައިވާ  މަސައްކަތްތައް  އެމުވައްޒަފުންލައްވާ  ކުރުވުމާއި، ޙަވާލުކުރެވޭ މަސައްކަތްތަކާއިގުޅޭގޮތުން މުވައްޒަފުންނަށް ފުރިހަމަ މަޢުލޫމާތާއި ލަފަޔާއި އިރުޝާދުދިނުން.
  • ބްރާންޗުތަކުގައި މަސައްކަތްތައް ކުރާއިރު ޓެކްނިކަލް އެންމެ އިސްމީހެއްގެ ހައިސިއްޔަތުން މުވައްޒަފުން ލައްވާ މަސައްކަތްތައް ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުން.
  • ކަސްޓަމަރުންނަށް ޚިދުމަތްފޯރުކޮށްދިނުމާއި ބެހޭގޮތުން ކުރަންޖެހޭ ޓެކްނިކަލް  މަސައްކަތް ހަމަޖެހިފައިވާގޮތުގެ މަތީން އިންތިޒާމްކޮށް ހިންގުމާއި މިފަދަ މަސައްކަތްތައް ޢަމަލީގޮތުން ކުރުވުން.
  • އިންޖީނުތަކާއި ޕެނަލްތަކާއި ޑިސްޓްރިބިއުޝަން  ނެޓްވޯކްގައިހިމެނޭ  އެންމެހައި ތަކެއްޗާއި އަދި އެހެނިހެން އިކްވިޕްމަންޓްސް، ހަމަޖެހިފައިވާ ގޮތުގެމަތީން  ސާރވިސްކުރުމާއި މެއިންޓެއިންކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް  އިންތިޒާމްކޮށް ހިންގުމާއި ސާރވިސްރެކޯޑް ބެލެހެއްޓުން.
  • ބްރާންޗުތަކުގެ އިންޖީނުތައް ހިންގުމަށާއި އެހެނިހެންކަންކަމަށް ބޭނުންވާ ތެލާއި ސްޕެއާ ޕާޓްސް އަދި އެހެނިހެން ތަކެތި ބޭނުންވާ މިންވަރަށް ހޯދުމަށް ކަމާއިބެހޭ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
  • ޓެކްނިކަލްދާއިރާގެ  މުވައްޒަފުންނަށް  ހޯދައިދޭންޖެހޭ ޔުނިފޯމް  ފަދަތަކެތި ހޯދައިދިނުމަށް  އޮފީހާއިގުޅިގެން މަސައްކަތް ކުރުން. ( މީގެތެރޭގައި މުވައްޒަފުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ހޯދައިދޭންޖެހޭ ތަކެތި ބޭނުންވާ މިންވަރަށް ހޯދައިދިނުން ހިމެނޭނެއެވެ.)
  • ބްރާންޗުތަކުގެ ޖަނަރޭޓަރތަކާއި ޑިސްޓްރިބިއުޝަން ނެޓްވޯކް އަދި އެހެނިހެން މެޝިނަރީއާއި އިކްވިޕްމަންޓްސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއިބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކަމާއިބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތީން ކުރުން.
  • ޓެކްނިކަލް ދާއިރާގެ އިދާރީ ހުރިހާކަމެއް ފުރިހަމަކޮށް ބެލެހެއްޓުން.
  • އިންޖީނުތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި  ޓެކްނިކަލް ދާއިރާގެ  ތަފާސްހިސާބު  ބެލެހެއްޓުމާއި،  ކަނޑައެޅިފައިވާ  ފަރާތްތަކަށް  ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  • މުވައްޒަފުންނާއި ތަނާއި ތަކެތީގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަންކަން ސްޕަވައިޒް ކުރުން.
  • ރީޖަންގައި ހިމެނޭ އެހެންއިންޖީނުގެތަކަށް ޓެކްނިކަލްގޮތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ރީޖަންގެ އެހެން ބްރާންޗުތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކަށް ވީހާވެސް އަވަހަށް ޙައްލު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުން.
  • ރީޖަނަލް މެނޭޖަރުގެ މަސްވަރާމަތީން ރީޖަންގެ ބްރާންޗުތަކުގައި ޢަމަލީ ގޮތުން މަސައްކަތް ކުރަމުން ގެންދިއުން.

މަޤާމުގެ މަސައްކަތްތައް:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ޅ.ނައިފަރު ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

27 ރަޖަބު 1445

07 ފެބްރުއަރީ 2024

07 ފެބުރުވަރީ 2024