ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިންޓަރނެޓް ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުގެ ނަންބަރު:URH/IUL/2014/45ފ(04 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާނު ބާޠިލު ކުރުމަށްފަހު، އަލުން ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް އިންޓަރނެޓް ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އެޕްރީލް 2015 ވަނަ ދުވަހުގެ 13:30 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އެޕްރީލް 2015 ވަނަ ދުވަހުގެ 13:30 އަށް މި ހޮސްޕިޓަލަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ.
އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
18 ޖުމާދަލްއާޚިރާ 1436