މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/94
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 23 އޭޕްރިލް 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޕްރޮޖެކްޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮޖެކްޓް ނަންބަރު: TES/2015/W-61

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން ހއ،ދިއްދޫ މޯލްޑިވްސް

1- ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން ހއ.ދިއްދޫ، މޯލްޑިވްސް ޕްރޮޖެކްޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)13-K1/13/2015/89) އިޢުލާނުގައިވާ ލިޔުމުގެ ކުށެއްގެ ސަބަބުން އެ އިޢުލާނު ބާޠިލުކޮށް، މިމަސައްކަތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2- 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހއ. ދިއްދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށް ފައިސާ ވަނީ ހަމަޖެހިފައެވެ. މިގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ (އެމް.އީ.އީ) ގެ ބޭނުމަށް ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން ހއ.ދިއްދޫ، މޯލްޑިވްސް އަދި އެއާގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ނޯ-ޑިޔު ރިޕޯޓް) ޕްރޮޕޯޒަލާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ޕްރޮޕޯޒަލް ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

4- މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން UC03 ގެ ގްރޭޑް1އަދި 2  އަކަށް ޝަރުޠު ހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

5- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/150,000ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6- ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 09 އެޕްރީލް 2015 އިން 23 އެޕްރީލް 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/1500 (ފަނަރަސަތޭކަ) ރުފިޔާ އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

7- މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 އެޕްރީލް 2015ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

       ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

       މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

       އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

       ފޯން: 3349125      

       ފެކްސް: 3320706      

       އީމެއިލް: [email protected]

       ކޮޕީ: [email protected]

8- މި ޕްރޮޖެކްޓްގެ ބިޑްތައް 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން މި މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަން ފޮނުއްވަންވާނެއެވެ. ގަޑިޖެހުމުގެ ސަބަބުން ސަބްމިޓްކުރާ ބިޑްތައް ރިޖެކްޓް ކުރެވޭނެއެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

9- މި މިނިސްޓްރީގެ ވެބްސައިޓް (www.finance.gov.mv) ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.

07 އޭޕްރިލް 2015