ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)259/2024/09
                    ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2024
                    ޕަބްލިޝްކުރި ގަޑި:  12:08
                    
                ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރަށުގައި ގެސްޓް ބީޗް އޭރިއާ ހެދުމާ ގުޅޭ
                                ރަށުގެ އާމަގާއި ކޮށިމަގާ ދޭތެރޭގައިވާ ތުނޑި ސަރަޙައްދުން ބައެއް ވަގުތީ ގޮތުން ގެސްޓް ބީޗް އޭރިއާގެ ގޮތުގައި ކަނޑައެޅުމަށް ކައުންސިލުގެ 117 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. ވީމާ މިއަދުން ފެށިގެން ތުނޑި ސަރަޙައްދުން ބައެއް ވަގުތީ ގޮތުން ގެސްޓް ބީޗް އޭރިއާ ހެދުމަށް ވާނީ ދޫކުރެވިފައެވެ. ގެސްޓް ބީޗް އޭރިއާ އަންގައި ދިނުމުގެ ގޮތުން އެ ސަރަޙައްދުގައި ފާހަގަ ޖެހިފައި ހުންނާނެއެވެ. އަދި މި ސަރަޙައްދު އަންގައިދޭ ކުރެހުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.
                07 ފެބުރުވަރީ 2024