ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304/304/2024/50
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 15 ފެބުރުވަރީ 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 46.09ރަޖިސްޓްރީ ކުރުމާއިބެހޭ:

އިޢުލާން

ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:

                        ރ.ދުވާފަރު 46.09 ނަންބަރުގޭ ރ. ކަނދޮޅުދޫ، އަލިތަރިގެ، އަލްފާޟިލާ ޙަލީމާ ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2024 ފެބްރުއަރީ 15 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                       މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 46.09 ނަންބަރުގޭ ރ. ކަނދޮޅުދޫ، އަލިތަރިގެ، އަލްފާޟިލާ ޙަލީމާ ޢަލީގެ  ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

27  ރަޖަބް    1445

07  ފެބްރުއަރީ  2024

07 ފެބުރުވަރީ 2024