ދިވެހިރާއްޖެ
އިޢުލާން
ކެލާ ކައުންސިލް ޤުރްއާން މުބާރާތް 1445
ހއ. ކެލާ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށްޓަކައި "ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1445"، 2024 މާރޗް 21 އިން 2024 މާރޗް 23 އަށް ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން، ޖުމްލަ 09 ޢުމުރު ފުރާއަކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި މިއަހަރު މުޅިން އަލަށް މުބާރާތަށް އިތުރު ކުރި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޢުމުރުފުރާ ހިމެނެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރި ވުމަށްއެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކެލާ ކައުންސިލް އިދާރާގެ ވެބްސައިޓް www.kelaa.gov.mv އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ތިރީގައިވާ ލިންކު މެދުވެރިކޮށްވެސް މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެއެވެ.
އޮންލައިން ފޯމް ލިންކު: https://forms.office.com/r/Liy2QqGwgB
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.