ދިވެހިރާއްޖެ
ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ފަރާތްތައް ބަނޑިދޫގައި އިތުރުކުރުމާއި ޤުރްއާން ކިޔެވުމަށް އާއްމު ރައްޔިތުންނާއި ދަރިވަރުން މެދުގައި ޝައުވެރިކަން އުފެއްދުމާއި ދީނީ ރޫޙާއި ވަޙްދަތު އާލާކުރުމުގެ މަޤްޞަދުގައި މި ކައުންސިލުން ކޮންމެ ރަމަޟާންމަހަކު ސިލްސިލާކޮށް ބާއްވަމުން އަންނަ ކައުންސިލްގެ ޤުރްއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކުރުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ -/50000ރުފިޔާ (ފަންސާސްހާސްރުފިޔާ) އެވެ. އެއްފަރާތައްވުރެ ގިނަ ފަރާތުން މިކަމަށްއެދި ހުށަހަޅުއްވާފައިވާނަމަ ހުށަހަޅުއްވާ އަގު ނުވަތަ ޕްރޮޕޯސަލްއަށްބަލައި ޓައިޓަލް ދެއްވާނެ ފަރާތެއް ކަނޑައަޅުއްވާނީ މި މުބާރާތުގެ ހިންގާ ކޮމެޓީންނެވެ.
މިމުބާރާތް ސްޕޮންސަރކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބްރުއަރީ 2024 ވާ ދުވަހު 13.00 ގެ ކުރިން މިކަމަށްއެދި މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.