ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2024/09
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 08:26
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ފެބްރުއަރީ މަހު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 25 ފެބުރުވަރީ 2024 ވާ ދުވަހުގެރޭ 20:30 ގައި ބަނޑިދޫ އީ-ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ޙިއްސާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

  • 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
  • 2023 ވަނަ އަހަރުގެ މާލީބަޔާން
  • 2024 ވަނަ އަހަރުގެ ކައުންސިލް މަސައްކަތު ތާވަލް އަދި ބަޖެޓް ރައްޔިތުންނާއި ހިއްސާކުރުން

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ފެބުރުވަރީ 2024