މުބާރާތް
ނަންބަރު: (IUL)338-MS/338/2023/18
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:45
ސުންގަޑި: 20 ފެބުރުވަރީ 2024 12:00
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުސްތާޛް އިބްރާހީމް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް 1445

         އިޢުލާން

"އުސްތާޛް އިބްރާހީމް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް 1445"

މި ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް "އުސްތާޛް އިބްރާހީމް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް 1445" ކުރިއަށް އޮތް ރަމަޟާންމަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި 10 އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާއިރު، މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ "އުސްތާޛް އިބްރާހީމް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް - ގުރައިދޫ ތަރި 1446" ގައި ވާދަކުރާނެ 15 ބައިވެރިން ހޮވުމަށް އޮޑިޝަނެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. "އުސްތާޛް އިބްރާހީމް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް ގުރައިދޫ ތަރި 1446" ގައި ވާދަކުރާ 15 ބައިވެރިން ހޮވިގެންދާނީ ރަމަޟާންމަހު ބޭއްވޭ އޮޑިޝަން މުބާރާތުގައި 13 އަހަރުން މަތީގެ އުމުރުފުރާއިން ފެށިގެން މަތީގެ އުމުރުފުރާތަކުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ 15 ބައިވެރިންނެވެ.

ވީމާ، ކގުރައިދޫގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

މުބާރާތް ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ އުސޫލު މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެކަމުގައި ދަންނަވަމެވެ.

https://docs.google.com/forms/d/1faxSUMzkcVksGmhd8seUSh9ZZFzK77I0znLQaxaioq4/edit

06 ފެބުރުވަރީ 2024