ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
އއ. ތޮއްޑޫގައި ހިންގޭ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވީޑިއޯ ޑޮކިއުމެންޓްރީ ތައްޔާރުކުރުމާބެހޭ
ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އއ. ތޮއްޑޫގައި ހިންގޭ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ވީޑިއޯ ޑޮކިއުމެންޓްރީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަންދާސީހިސާބު ހުށައަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި؛
" Developing video documentary on Integrated Water Resource Management Project in aa. Thoddoo”
ޖެއްސެވުމަށްފަހު، ސިޓީއުރައިގެ މަތީގައި "ސިއްރު" ޖައްސަވައި ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، ހަނދުވަރީ ހިނގުން،
މާލެ، ދިވެހިރާއްޖެ