ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮޑިޓަރ |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް މެނޭޖަރ - ގްރޭޑް 5 |
ޑިޕާރޓްމަންޓް |
އިންޓާރނަލް އޮޑިޓް ޑިޕާރޓްމަންޓް |
މުސާރަ: |
މަހަކު -/9250 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - ފިކްސްޑް އެލަވަންސް : އަސާސީ މުސާރައިގެ %25 - ޓެކްނިކަލް އެލަވަންސް : އަސާސީ މުސާރައިގެ %25 - ލިވިންގ އެލަވަންސް : އަސާސީ މުސާރައިގެ %15 - ފޯނު އެލަވަންސް : -/450 އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީސް. |
ފެންވަރު ނުވަތަ ޝަރުތު: |
- އެކައުންޓިން ނުވަތަ ފައިނޭންސް ދާއިރާ އިން ޑިގްރީ އެއް ހާސިލު ކޮށްފައިވުމާއިއެކު އިންޓާރނަލް އޮޑިޓް ދާއިރާގައި މަދުވެގެން 02 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން، ނުވަތަ - އޭސީސީއޭ (ACCA) ސްކިލް ލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއް އޮތުމާއިއެކު މަދުވެގެން 03 އަހަރު އިންޓާރނަލް އޮޑިޓް ދާއިރާ ގައި މަސައްކަތް ކޮށްފައިވުން - މިމަޤާމަށް ޤާބިލް ފަރާތެއްކަމާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އިންޓަވިއުގައި ސާބިތު ކޮށްދިނުން. މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެއެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއި އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އޮޑިޓް ޕްލޭނާއި އެއްގޮތަށް ހަވާލުކުރެވޭ މަސައްކަތްތައް ނިންމުން. - އޮޑިޓް މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން. - ޑިޕާރޓްމަންޓް ގެ އެހެނިހެން މަސައްކަތްތައް ކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން. މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެއެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއި އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 13 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ / ފެބްރުއަރީ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
25 ރަޖަބް 1445