މަސައްކަތް
ނަންބަރު: (IUL)438-WMPC/438/2024/29
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 15 ފެބުރުވަރީ 2024 14:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް-އައުޓު ޕްލޭން އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސޯޝިއޯ-އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް (އެސް.އީ.އައި.އޭ) ޑިވެލޮޕްކުރުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް (ކޮންސަލްޓެންސީ ފާރމްއެއް) ހޯދުމަށް

 (IUL)438-WMPC/438/2024/29 :ރިފަރެންސް ނަމްބަރ

ތާރީޚް: 6 ފެބްރުއަރީ 2024

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

 މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް-އައުޓު ޕްލޭން އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސޯޝިއޯ-އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް (އެސް.އީ.އައި.އޭ) ޑިވެލޮޕްކުރުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް(ކޮންސަލްޓެންސީ ފާރމްއެއް) ހޯދުމަށް.

ދިވެހި ސަރުކާރަށް ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް-އައުޓު ޕްލޭން އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސޯޝިއޯ-އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް (ސީ.އީ.އައި.އޭ) ޑިވެލޮޕްކުރުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް(ކޮންސްލަޓެންސީ ފާރމްއެއް) ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ މި މިނިސްޓްރީގެ ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާޓްމެންޓާއި މި ދާއިރާއާއި ގުޅުންހުރި ފަރާތްތަކާއިގުޅިގެން، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް-އައުޓު ޕްލޭން އިމްޕްލިމެންޓްކުރުމަށް ބޭނުންވާ ސޯޝިއޯ-އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް (ސީ.އީ.އައި.އޭ) ޑިވެލޮޕްކުރުމެވެ.  

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން އަރުވަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާގެ އިތުރުން މަސައްކަތް ކުރާ ކީ އެކްސްޕަރޓުންގެ ޓީމްގެ މަޢުލޫމާތު) ޓީ.އޯ.އާރް ގެ 9ވަނަ ނަންބަރުގައިވާ (އިވެލުއޭޝަން ކްރައިޓީރިއާ) ގައިވާ ގޮތައް ހުށަހަޅަން ވާނެއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް ( ޓީ. އޯ . އާރް) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ކޮންސަލްޓެންޓްސް ކޮލިފިކޭޝަން ބޭސްޑް ސިލެކްޝަން އުސޫލުން، ވާރލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.ޕީ.އެފް ބޮރޯވަރސް "(ޖުލައި (2016) ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް)ގެ އުޞޫލުންނެވެ. ވީމާ މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސްގައިވާ ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތްއް ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓެންސީ އުސޫލުން ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ. އަދި މި އުސޫލުގެ ދަށުން ބީލަން ހުށަހަޅާނަމަ، އެކަން އަނގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާނީ ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށެވެ.

އީމެއިލް ގެ ސަބްޖެކްޓްގެ ގޮތުގައި ތިރީގައިމިވާ އިބާރާތް ލިޔެވިފައި އޮންނަންވާނެއެވެ.

“Expression of Interest- Consultancy services for developing a socio-economic impact assessment (SEIA) for the Implementation of Single use plastic Phase-out Plan in the Maldives”

އީމެއިލް އެޑްރެސް: [email protected]

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 11 ފެބްރުއަރީ 2024 އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

އީމެއިލް އެޑްރެސް: [email protected]

ނަންބަރު:   3018300 960+ 

06 ފެބުރުވަރީ 2024