ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304/304/2024/47
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 07 ފެބުރުވަރީ 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބެލުމުގެދަށުގައި ހުރި ދަރުތައް ނީލަންކިޔުމާއި ގުޅޭ

ކައުންސިލް އިދާރާގެ ބެލުމުގެދަށުގައި ހުރި ދަރުތައް ނީލަންކިޔުމާއި ގުޅޭ

 

                            ކައުންސިލް އިދާރާގެ ބެލުމުގެދަށުގައި ހުރި ދަރުތައް ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 ފެބްރުއަރީ 07  ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި 18ވަނަ ބުލޮކުގެ އިރުމައްޗަށް ވާ ހުސްބިމުގައި އޮންނާނެވެ.

ނީލަމުގެ ބައިތައް ފެށޭ އަގާއި އިތުރު ކުރެވޭނެ އަގު ނީލަންކިޔާ ސަރަހައްދަށް ދިއުމުން ނީލަން ފެށުމުގެ ކުރިން އެންގޭނެއެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ތަކެތި ގެންދަވަން ވާނީ  ފައިސާ ދެއްކެވުމަށްފަހުއެވެ. ނީލަމުން ނަންގަވާ ތަކެތި 2024 ފެބްރުއަރީ 07 ވާ ބުދަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ގެންދަވަން ވާނެއެވެ. އަދި އޭގެ ފަހުން ނުގެންގޮސް ހުންނަ ތަކެއްޗަކީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި ނައްތާލެވޭނެއެވެ.

    ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.          

          26 ރަޖަބް   1445 

          06 ފެބްރުއަރީ 2024           

06 ފެބުރުވަރީ 2024