މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/18
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 13 އޭޕްރިލް 2015 10:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޚާއްޞަ ހަދިޔާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަނުން 2015 ވަނަ އަހަރު ބައިވެރިވާ ފެއަރތަކާއި އަދި އެހެނިހެންވެސް ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހަދިޔާއަކަށް ދިނުމަށް ބޭނުންކުރާނެ ޚާއްޞަ ހަދިޔާ (ސްޕެޝަލް ގިފްޓް) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL)MMPRC-HAS/1/2015/13) އާ ގުޅިގެން އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަންތައް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 13 އެޕްރީލް 2015ވާ ހޯމަ ދުވަހުގެ 10:00 އަށް މި ކޯޕަރެޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އެޕްރީލް 2015ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015