ދިވެހިރާއްޖެ
(IUL)258/258/2024/17ނަންބަރު:
އިޢުލާން
ހަނިމާދޫ ކައުންސިލްގެ ބޭނުމަށް ލޯންޗެއް ގަނެދޭނެ ފަރާތެއް ބޭނުންވެއްޖެ.
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ކައުންސިލުގެ ބޭނުމަށް ލޯންޗެއް ގަނެދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފްކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
| 
 ތަފްސީލް  | 
 ތާރީޙް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 25 ފެބްރުއަރީ 2024  | 
 10:00  | 
| 
 އަންދާސީ ހިސާބުހުޅުވުން  | 
 04 މާރިޗް 2024  | 
 10:30  | 
ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ރަޖަބް 1445
06 ފެބްރުއަރީ 2024