ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-2A/426/2024/65
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 08 ފެބުރުވަރީ 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިއުލާން - އައްޑޫ މަގުމަތީ ބާޒާރު 2024

އިޢުލާން

އައްޑޫ މަގުމަތީ ބާޒާރު 2024

 

" އައްޑޫ ނައިޓް މާރކެޓް 2024 " ގައި ބައިވެރިވުމަށް އެދޭފޯމް ހުށަހެޅުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު (IUL)426-2A/426/2024/45 ( 28  ޖަނަވަރީ  2024 )  އިޢުލާނުގެ  މުއްދަތު  ހަމަވެފައިވާތީ، ގިނަމީހުންނަށް ފުރުޞަތު ދިނުމުގެ ގޮތުން އިޢުލާނުގެ މުއްދަތު މިހާރުވަނީ އިތުރުކުރެވިފައެވެ. އަދި ޙަވާލާދެވުނު އިޢުލާނުގައިވާ ސުރުޚީ " އައްޑޫ މަގުމަތީ ބާޒާރު 2024 " ގެނަމަށް މިހާރު ބަދަލުކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، އައްޑޫ މަގުމަތީ ބާޒާރު 2024  އިން ސްޓޯލް  ނުވަތަ މޭޒު ނަންގަވަން ބޭނުންވެލައްވާ ފަރާތްތަކުން 08 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ އޮފީސްބަންދުވުމުގެ ކުރީން ހިތަދޫ އަވަށު އޮފީހަށް ފޯމްހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

           26  ރަޖަބު  1445

           06 ފެބުރުވަރީ 2024

06 ފެބުރުވަރީ 2024