ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)352/352/2024/5
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 23:54
ސުންގަޑި: 17 ފެބުރުވަރީ 2024 09:00
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނު ލާޒިމްކުރާ ފެބްރުއަރީ މަހުގެ ބައްދަލުވުމަށް ރައްޔިތުންނަށް ދަޢުވަތު އެރުވުން

ދިވެހިރާއްޖޭގެ  އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 210/7 ) ގެ 107 ވަނަ މާއްދާގައި ރަށުކައުންސިލްތަކުން ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހާއި ޖުލައި މަހުގައި ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށްވަނީ، ލާޒިމުކޮށްފައެވެ.

ވުމާއެކު، ދިވެހިރާއްޖޭގެ  އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރަށުކައުންސިލްތަކަށް ބޭއްވުން ލާޒިމްކުރާ ފެބްރުއަރީ މަހުގެ ބައްދަލުވުން 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެރޭ 21.00 ގައި އދ.ދަނގެތީ އިޖްތިމާޢީ މަރުކަޒުގައި ބޭއްވުމަށްވަނީ، ހަމަޖެހިފައެވެ.

ބައްދަލުވުމުގައި ރައްޔިތުންނަށް ހުށަހަޅައި ޙިޔާލު ހޯދަން ބޭނުންވާ ކަންކަމަކީ:

1- 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

2- 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް

3- ރަށުގެ އެކި ސަރަޙައްދުތަކުގައިވާ ހުސްބިންތައް ވިޔަފާރި އުޞޫލުން ބޭނުންކުރުމާއި ގުޅޭ އުޞޫލު.

    ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުންއެދި ރަށުގެ ލޮބުވެތި އެންމެހާއި ރައްޔިތުންނަށް ދަޢުވަތު އެރުވީމެވެ.

05 ފެބުރުވަރީ 2024