ދިވެހިރާއްޖެ
މި އިޢުލާންވަނީ 05 ފެބުރުވަރީ 2024 20:22 ގައި ބާތިލް ކުރެވިފައެވެ.
ކެނދިކޮޅު އަވަށު ޤަބުރުސްތާން ވިނަ ނޮޅައި ސާފުކޮށް ވެލިގަނޑު އެއްވަރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)286-MP/286/2023/147 އާއި ގުޅިގެން، މިކައުންސިލަށް ހުށަހަޅާފައިވާ ބީލަންތައް ޓެކްނިކަލް އިވެލުއޭޝަނުން ފާސްވެފައި ނުވާތީ ދެންނެވުނު އިޢުލާން ބާތިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
މަޢުލޫމާތު:
- ޤަބުރުސްތާން ބޭރުގައިވާ މަގުތައް ވިނަ ނޮޅައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން - ދުވާލަކު އެއްފަހަރު (މަސްވެރި ހިނގުން، ފިލިގަސްމަގު ދެބައިކުޅަ އެއްބައި، އަލިމަސް ހިނގުން ދެބައިކުޅަ އެއްބައި)
- ޤަބުރުސްތާނުގެ އެތެރެ ވިނަ ނޮޅައި، ވެލިގަނޑު އެއްވަރުކޮށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން - މަދުވެގެން މަހަކު އެއްފަހަރު
- ގަބުރުސްތާންގެ އެތެރޭގައި ހުރި ނިކަގަސް 10 ފޫޓްއިންތިރި ކޮށައި ބުޑުގަނޑުތެރޭގައި ފަޅާ ވިނައާއި ގަސްތައް ނޮޅާ ސާފްކުރުން
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންޓަރު ނަންބަރު 6560013 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލްގެ މުނިސިޕަލް އަދި ޕްރޮޖެކްޓްސް ވައިބަރ ނަންބަރު، 9442745 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް މެއިލްކުރެއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
ބީލަން ނުވަތަ ސިޓީ ކަރުދާހުގެ ހާޑް ކޮޕީ ހުށަހަޅުއްވަންވާނީ ސިޓީއުރައިގާ ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކެނދިކޮޅު އަވަށު ޤަބުރުސްތާން ސާފުކުރުން " މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށްފަހު މިކައުންސިލްގެ ކައުންޓަރަށެވެ. އަދި ބީލަން ނުވަތަ ސިޓީ ކަރުދާސް މެއިލްކުރައްވަން ބޭނުންފުޅުވާނަމަ މެއިލްކުރައްވާނީ [email protected] އަށެވެ. މެއިލް ކުރައްވާއިރު، ސަބްޖެކްޓްގައި "ކެނދިކޮޅު އަވަށު ޤަބުރުސްތާން ސާފުކުރުން" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ލިޔުއްވަންވާނެއެވެ.
ހުށައަޅަންޖެހޭ ތަކެތި:
- ބީލަން ހުށަހަޅަނީ ވިޔަފާރި ނުވަތަ ކުންފުންޏަކުން ނަމަ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
- އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑް ކޮޕީ
- އަގާއި މުއްދަތު ބަޔާންކުރާ ކަރުދާސް ( ބީލަން / ސިޓީ )
ޕޮއިންޓް ދޭނެ އުޞޫލުތައް:
- މަސައްކަތުގެ އަގަށް 80 ޕޮއިންޓް (އެކަށީގެންވާ އެންމެ ކުޑައަގަށް އެންމެ ގިނަ ޕޮއިންޓް)
- ބެލެހެއްޓުމުގެ މުއްދަތަށް 20 ޕޮއިންޓް (މަސައްކަތުގެ މުއްދަތަށް އެންމެ ގިނަ ޕޮއިންޓް)
ވުމާއެކު ކެނދިކޮޅު އަވަށު ގަބުރުސްތާން ނޮޅައި ސާފުކޮށް ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް މިކައުންސިލަށް ބީލަން ނުވަތަ އަގާއި މުއްދަތު ބަޔާންކޮށް ސިޓީ ހުށަހެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
25 ރަޖަބު 1445
05 ފެބުރުވަރީ 2024