ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ގުރުއަތު ނެގުމާ ގުޅޭ
އައްޑޫ ސިޓީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގޮތުން ޢާންމުކުރި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އިޢުލާންތަކާ ޙަވާލާދީ ދަންނަވަމެވެ. ބުނެވިދިޔަ އިޢުލާންތަކުގެ ދަށުން ގޯއްޗަށް އެދި ކުރިމަތިލީ، ޝަރުޠުހަމަވާ އެންމެހައި ފަރާތްތަކަށް ގޯތި ދިނުމަށް ކައުންސިލްގެ ނަންބަރު: 426-B(4)/2023/105 ނިންމުމުން ނިންމާފައިވާތީ އާއި އިތުރަށް ދޫކުރާ ގޯތި ދޫކުރާނެ ތަންތަނާއި ގޯތީގެ ސައިޒު ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާ ނަންބަރު: 426-B(4)2023/144 ނިންމުމާއި އެއްގޮތަށް އެ ފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް ގުރުއަތުލުމުގެ މަސައްކަތް މިއިޢުލާނާއެކު ޢާންމުކުރާ ގޯތި ލިބޭ މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތީން، 07 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދަން ނިންމާފައިވާކަން އެންމެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިގޮތުން، ބަންޑާރަ ގޯތި ދިނުމަށް ބިންތައް އެކަށައެޅޭ ނިސްބަތުން ލިސްޓުގައިވާ ތަރުތީބުން ގުރުއަތުލުމުގެ މަސައްކަތް ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ.
މީގެ އިތުރުން، އެއް އަވަށަށް ވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުޠުހަމަވެ، އެތަނުން ގޯތި ބޭނުންވާ އަވަށް އިޚްތިޔާރު ނުކުރާ ފަރާތްތަކަށް ގޯތި ދޭން ހަމަޖެހިފައިވަނީ އެފަރާތެއް ރަށްވެހިވެފައިވާ އަވަށުން ކަމުގައި އާއި އެފަދައިން އެފަރާތްތައް ލިސްޓުގައި ހިމަނައި، ބާކީ ހުރި ލިސްޓުތަކުން އެފަރާތްތަކުގެ ނަންތައް އުނިކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
24 ރަޖަބް 1445
04 ފެބުރުވަރީ 2024