ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)427-OPR/1/2015/16
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 22 އޭޕްރިލް 2015 14:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

އެކައުންޓްސް  އޮފިސަރ

މަޤާމު

3

ގްރޭޑް

ފައިނޭންސް އެންޑް އެކައުންޓްސް

ސެކްޝަން

ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް

1

އަދަދު

-/8،200 ރުފިޔާ

މުސާރަ

-/3،000 ރުފިޔާ

ލިވިންގް އެލަވަންސް

-/2،500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

  • މިދާއިރާއާ ގުޅޭ ފީލްޑަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މި ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ރަނގަޅަށް ދަންނަ ފަރާތަކަށް ވުން.
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށްވުން.
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

މަޤާމުގެ ޝަރުޠު

  • ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނާއި ކަމާބެހޭ ދެންނެވުން ތަކުގައިވާގޮތުގެ މަތިން، ފައިސާއާ ބެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކުރުމާއި، ފައިސާއާބެހޭ ލިޔެކިޔުން ތައްޔާރު ކުރުމާއި، ބަޖެޓުން ފައިސާ ޚަރަދު ކުރުމުގެ އަދި މިނޫންވެސް ފައިސާއާ ބެހޭ އެންމެހައި މުޢާމަލާތުތައް ހިންގައި ބެލެހެއްޓުން.
  • ކޮމިޝަނުން ރައްޔަތުންގެ މަޖިލީހަށް ހުށަހެޅުމަށް ޤާނޫނު ލާޒިމުކުރާ އެންމެހައި ރިޕޯޓު އެ ކަނޑައަޅާ ދުވަހަށް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތް ކުރުން.
  • ވީކްލީ ތިޖޫރީ ރިޕޯޓު ތައްޔާރުކުރުމާއި ބަޖެޓާ ބެހޭ މިފަދަ އެހެނިހެން ރިޕޯޓުތަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވޭނެގޮތަށް ތައްޔާރުކޮށް ވެރިންގެ ލަފާގެމަތީން އެތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖެއްްސުން.
  • ކޮމިޝަނުގެ އެކިއެކި ޕްރޮޖެކްޓްތަކުގެ ބަޖެޓް ބެލެހެއްޓުން، ޚަރަދު ކުރުމާއި އާމްދަނީގެ ޔައުމިއްޔާ ތައްޔާރުކުރުން، ބަޖެޓް ބާކީ ޗެކްކުރުން.
  • ކޮމިޝަނުގެ އިންވެންޓްރީ ބެލެހެއްޓުން.
  • މުވައްޒަފުންނަށް މުސާރައާއި، އެލެވަންސްއާއި އެހެނިހެން ފައިސާ ގަވާއިދުން ދިނުމަށް ތައްޔާރުކުރާ މުސާރަ ޝީޓާއި އެހެނިހެން ލިޔުން ފުރިހަމައަށް ޗެކްކޮށް އެފަދަ ފައިސާ ގަވާއިދުން ދެމުން ގެންދެވޭނެ އިންތިޒާމް ބަޖެޓްގެ ތެރެއިން ހަމަޖެއްސުން.
  • ވައުޗަރ ތައްޔާރުކުރުން (ޕަރޗޭސް ބިލް ހެދުން) އަދި ވައުޗަރ ރެޖިސްޓަރ ތައްޔާރުކުރުމާއި އެތަކެތި ފުރިހަމައަށް ޗެކްކުރުން.
  • ކްރެޑިޓް ބިލްތައް ޗެކްކުރުން.
  • ކޮމިޝަނުން އެކިފަރާތްތަކާ ހަވާލުކުރާ މަސައްކަތްތަކަށް ތައްޔާރުކުރާ އެއްބަސްވުންތަކަށް ބޭނުންވާ ބަޖެޓާބެހޭ މަޢުލޫމާތު ފުރިހަމަކޮށްދިނުން.
  • ޚަރަދު ކުރުމާއި އާމްދަނީގެ ޔައުމިއްޔާ ތައްޔާރުކުރުން.
  •  ކޮންމެ އަހަރަކަށް ލަފާކުރާ ކޮމިޝަނުގެ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އަންގަވާ މުއްދަތަކަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  • ކޮމިޝަނުންގެ އިންޓަރނަލް އޯޑިޓްގެ މަސައްކަތާއި އަހަރީ އޯޑިޓްގެ މަސައްކަތް ހަމަޖައްސާ އުސޫލާ އެއްގޮތައް ކުރުން.
  • ރާއްޖެތެރެއަށް އަދި ރާއްޖެއިން ބޭރަށް ކުރުވޭ ދަތުރުތަކަށް ބަޖެޓުން ފައިސާ ހަމަޖެއްސުމުގެ އެންމެހައި މަސަކަތް ކުރުން.
  • ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް، www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް، ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް،
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ އެފަރާތުގެ ރަސްމީ ލިޔުމެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ތަކެތި

 

22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިންޓަވިއު ކުރުން

 

                       

07 އޭޕްރިލް 2015