މަސައްކަތް
ނަންބަރު: (IUL)289/289/2024/14
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 07 ފެބުރުވަރީ 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫ ''މަސްޖިދުއް ލުބާބު'' ގެ އިސްކުރުބަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ :

މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ފިރިހެނުންގެ މިސްކިތް ''މަސްޖިދުއްލުބާބު'' ގެ ވުޟޫކުރާ އިސްކުރުބަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިހިނގާ ފެބްރުއަރީ މަހުގެ 07 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން  ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީއެއް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

05 ފެބުރުވަރީ 2024